ކަނބަލުންގެ ދުވަހުގެ ތަހުނިޔާ
އިޒަފް | 8 މާޗް 2017 | 1 އަހަރު ކުރިން | 0 ޚިޔާލު
VBR 1

މިއަދަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރަމުންދާ އަންހެނުންގެ ދުވަސް ކަމަށްވާތީ، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ އެންމެހާ ލޮބުވެތި އަންހެން ކަނބަލުންނަށް އަރިސްކުރަމެވެ.

މުޖްތަމަޢުގައި އަންހެނުން އަދާކުރަމުންދާ ދައުރަކީ ވަރަށް މުހިންމު ދައުރެކެވެ. ދަރިން ތަރުބިއްޔަތު ކުރުމުގެ ބޮޑު ޒިންމާ އަދާކުރަމުން، ޤައުމުގެ ތަރައްޤީގައި އަންހެނުން އަދާކުރަމުންދާ ދައުރަކީ އަޅުގަނޑުމެން ފަޚުރުވެރިވާފަދަ ދައުރެކެވެ. ދިމާވާ ކޮންމެ ކަމެއްގައި ކެތްތެރިކަން އިސްކުރެއެވެ. ޤައުމުގެ ތަރައްޤީގައި ބޮޑު ޙިއްސާއެއްވެއެވެ. ދަރިންގެ ޙައްޤުގައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއްވެއެވެ.

ނަމަވެސް މިހުރިހާ ޒިންމާއެއް އަދާކުރަމުންދާއިރު، މަދުން ނަމަވެސް މުޖްތަމަޢުގެ ތެރެއިން އަންހެނުންނާމެދު ޢަމަލުކުރެވޭ ގޮތުން ކަންބޮޑުވާންޖެހޭ ކަންތައްތަކެއްވެއެވެ. ކޮންމެ ދުވަހަކު ލިބެމުންދާ ނަފްސާނީ، ޖިސްމާނީ އަދި ޖިންސީ އަނިޔާތަކުގެ ޝިކާރައަކަށް އެބައިމީހުން ވަމުންދެއެވެ. މިއީ އަޅުގަނޑުމެން ނުހަނު ހިތާމަކުރާ ކަމެކެވެ. އަދި މިއީ އަޅުގަނޑުމެންގެ މުސްލިމް މުޖްތަމަޢުތަކުގައި އަދި ތަހުޛީބީ މުޖްތަމަޢުތަކުގައި ކަންކުރެވެންވާނެ ގޮތެއް ނޫނެވެ. އަޅުގަނޑުމެން އަބަދުވެސް އަންހެނުންނަށް ޙިމާޔަތާއި ރައްކާތެރިކަން ދޭންވާނެއެވެ. އަންހެނުންގެ ޙައްޤުތަކަށް ފުރިހަމައަށް އިޙްތިރާމްކުރަންވާނެއެވެ. އެކަންވަނީ އަޅުގަނޑުމެންގެ ޝަރީޢަތާއި ޤާނޫނުން ކަށަވަރުކޮށްދީފައެވެ.

އަންހެނުންނަކީ ޤައުމުގެ ތަރައްޤީގެ ދެބައިކުޅަ އެއްބައެވެ. އެމީހުންނާ ނުލައި ޤައުމެއް ތަރައްޤީއެއް ނުވާނެއެވެ. ހަރުދަނާ ޢާއިލާއެއް ތަރުބިއްޔަތެއް ނުކުރެވޭނެއެވެ. އެހެންކަމުން މިފަދަ ދުވަހެއްގައި އަޅުގަނޑުމެން މިކަންކަމާމެދު ވިސްނައި، އަންހެނުންގެ ޙައްޤުތަކަށް އުނިކަމެއް ނުލިބޭގޮތަށް އަޅުގަނޑުމެންގެ ކަންކަން ބައްޓަންކުރަންޖެހޭނެއެވެ.

ކިޔުންތެރިންގެ ޚިޔާލު