ޓ.ީއެފް.ޓީ ފުޓްސަލް ޗެލެންޖް 2016 ގައި ކްލަބް ޓީއެންޓީއިން ބައިވެރިވަނީ
އެޑްމިން | 23 މެއި 2016 | 1 އަހަރު ކުރިން | 4 ޚިޔާލު
ކްލަބް ޓީއެންޓީ 2014 ގެ ސްކޮޑް - ފޮޓޯ: ފޭސްބުކް
ކްލަބް ޓީއެންޓީ 2014 ގެ ސްކޮޑް - ފޮޓޯ: ފޭސްބުކް

ކޮންމެ ރަމަޟާން މަހަކާއި ދިމާކޮށް ވިލިނގިލި ޒުވާނުން އިސްނަގައިގެން ޓީ.އެފް.ޓީ ފުޓްސަލް ޗެލެންޖްގެ ނަމުގައި ބާއްވަމުން އަންނަ ފުޓްސަލް މުބާރާތުގައި މިއަހަރުވެސް ކްލަބް ޓީއެންޓީއިން ބައިވެރިވާނެކަމަށް މިއަދު އެ ކްލަބުންެ ޢިއުލާންކޮށްފިއެވެ. ވޭތުވެދިޔަ ދެ އަހަރުގައިވެސް ޓީއެންޓީ ވަނީ މިމުބާރާތުގައި ބައިވެރިވެ ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިފައެވެ.

އެހެން ފަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ޓީމު ނިކުންނަނީ ޓީއެންޓީގެ ޒުވާން ހުނަރުވެރި ކުޅުންތެރިންނާއި އެކުގައި ރަނގަޅު ނަތީޖާއެއް ނެރުމުގެ ޢަޒުމްގައެވެ. ނަމަވެސް އަދި ފައިނަލް ސްކޮޑެއް ނުނިންމާކަމަށް ކްލަބުން ވަނީ ބުނެފައެވެ. މުބާރާތުގެ ފަރިތަކުރުންތަކަށްފަހު މިއަންނަ ޖޫން މަހުގެ 1 ގައި ފައިނަލް ސްކޮޑެއް ނިންމަމް ވަނީ ހަމަޖެހިފައެވެ.

2005 ވަނަ އަހަރު ވުޖޫދަށް އައި ކްލަބް ޓީއެންޓީ އަކީ ވާދޫއައް ނިސްބަތްވާ ޒުވާން ހުނަރުވެރި ކުޅުންތެރިންތަކެއް އެކުލެވޭ ކްލަބެކެ. ވާދޫގައި އަދި މާލޭގައި ބާއްވާ އެކި އެކި ފުޓުސަލް މުބާރާތްތަކުގައި މި ކްލަބުން އަންނަނީ ބައިވެރިވެ އެކި ތަޖްރިބާއާއި ކާމިޔާބީތަށް ހޯދަމުންނެވެ.

ކިޔުންތެރިންގެ ޚިޔާލު

  1. މި ފަހަރު ކޮންމެހެންވެސް ޝަހުމް ކުޅެން އަރުވައްޗޭ.. ޓީއެންޓީ ކުޅޭ އެއްވެސް މެޗެއްގަ ޝަހުމް ނާރުވާތީ ވަރަށް ފޫހިވޭ.. މިފަހަރު ޝަހުމް ނާރުވާފިއްޔާ ތިމީހުނާ ވާހަކަ ނުދައްކަން ޝަހުމް އަށް އަންގާނަން… ހުއް

  2. ކޮކޯ ޒޫޒޫ ތި ޓީމްގަ ހިމެނެންޗާ މޮޅުވާނެ.. ކޮކޯ ވަރެއްނެއި.. މައި ހަބްބުކޮޅު..