ގދ. އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިވި ޖޭ.އެސްގެ ދަރިވަރުން ބޮޑު ކާމިޔާބީއެއް ހޯދައިފި
އިޒަފް | 16 ޖުލައި 2016 | 1 އަހަރު ކުރިން | 5 ޚިޔާލު
ގދ. އަތޮޅު މުބާރާތުގައި ބައިވެރިވާ ހަތަރު ދަރިވަރުން
ގދ. އަތޮޅު މުބާރާތުގައި ބައިވެރިވާ ހަތަރު ދަރިވަރުން

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ވާދަކުރާނެ ދަރިވަރުން ހޮވުމަށްޓަކައި ބޭއްވި ގދ. އަތޮޅު ޤުރުއާން މުބާރާތުގެ ރަންވަނަތަކެއް ވާދޫ ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންތައް ހޯދައިފިއެވެ.

މިގޮތުން ބަލައިގެން ކިޔެވުމުގެ ބައިން 10 ފޮތުން ބައިވެރިވި ފާޠިމަތު މާސާ ސަޢީދު ވަނީ 3 ވަނަ ހޯދާފައެވެ. އަދި ބަލައިގެން ކިޔެވުމުގެ ބައިން 20 ފޮތުން 3 ވަނަ ޝައްފަ މުޙައްމަދު ހޯދިއިރު، ބަލައިގެން ކިޔެވުމުގެ ބައިން 30 ފޮތުން 2 ވަނަ ޝިނާ މުޙައްމަދު ޖުނައިދު ވަނީ ހޯދާފައެވެ. ނުބަލާ ކިޔެވުމުގެ ބައިން 5 ފޮތުން 2 ވަނަ ޢައިޝަތު ޝަބާ އަޙުމަދު ހޯދިއިރު، އޭނާ ވަނީ ނުބަލާ ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން 2 ވަނަ ހޯދައި ޤައުމީ މުބާރާތަށް ހޮވިފައެވެ.

2014 ވަނަ އަހަރު މާލޭގައި ބޭއްވި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ 13 އަހަރުން ދަށުގެ ޢުމުރު ފުރައިން ނުބަލާ ކިޔެވުމުގެ ގޮފީގައި ވާދޫ ޖަމާލުއްދީން ސްކޫލުގެ ދަރިވަރު ޝަބާ އަޙުމަދު ބައިވެރިވެ ވަނީ އެ ޢުމުރު ފުރައިން ދެވަނަ ހޯދާފައެވެ.

ޝަބާއަށް ލިޔުނު ހަނދާނީ ލިޔުން

ޝަބާއަށް ލިޔުނު ހަނދާނީ ލިޔުން

ވާދޫ ޖަމާލުއްދީން ސްކޫލުގެ ދަރިވަރުން މިހޯދި ކާމިޔާބީއަށް ބީވާގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް ކިޔަމެވެ. އަދި މިފުރުޞަތުގައި ވާދޫ ޖަމާލުއްދީން ސްކޫލުގެ މެނޭޖްމަންޓަށާއި އެކުދިން ތައްޔާރުކޮށްދެއްވުމުގައި މަސައްކަތްކޮށްދެއްވި މުދައްރިސުންނަށާއި ބެލެނިވެރިންނަށްވެސް މަރުޙަބާ ދަންނަވަމެވެ. ބީވާއިން އެދެނީ ޤައުމީ މުބާރާތަށް ހޮވުނު ޝަބާ އަޙުމަދަށް އެމުބާރާތުންވެސް ރަގަޅު ކާމިބީއެއް ލިބުމެވެ.

 

ކިޔުންތެރިންގެ ޚިޔާލު

  1. އަލްހަމްދުލިއްލާހި. ﷲގެ ރަހުމަތާ އެކު ވީހާވެސް ގިނަ ކުދިންގެ ހިތް އަލި ކުރައްވާ ސާލިހު ދަރިފަސްކޮޅެއް ލައްވާށި.