ވާދޫ ޖަމާލުއްދީން ސްކޫލުގެ އަދަބީ ގުލްޒާރު ފެށިއްޖެ
އިޒަފް | 26 ސެޕްޓެމްބަރު 2016 | 1 އަހަރު ކުރިން | 4 ޚިޔާލު
image-0-02-07-fdf1659e0a31c4aaf6447cdce9dbc7198045eb1e381dedd1680981438f50a29e-V

ވާދޫ ޖަމާލުއްދީން ސްކޫލުގެ ހައުސްތަކުގެ މެދުގައި ބާއްވާ އަދަބީ ގުލްޒާރު ފެށިއްޖެއެވެ.

3 ދުވަހުގެ މުއްދަތަށް ބާއްވާ އަދަބީ ގުލްޒާރުގައި ޖޭ.އެސްގެ ތިން ހައުސްކަމަށްވާ އިތާ ހައުސް، މުރަކަ ހައުސް އަދި ހަތާ ހައުސް ބައިވެރިވެއެވެ.

image-0-02-07-4c218eba0fafd25327a24751a13f6ee963b966a185810a0d5800c13598804375-V

މިގުލްޒާރުގައި ޅެން ހުށަހެޅުމާއި، ކުރުވާހަކަ ލިޔުމާއި، އަޑުލައްވާ ވާހަކަ ހުށަހެޅުމާއި، އަތުލިޔުމާއި، ޚަބަރު ކިޔުމާއި، ސްޕީޗް ހުށަހެޅުމާއި، ކުއްލި މައުޟޫޢަށް ވާހަކަ ދެއްކުމާއި، ބަދި، މަޒުމޫން، ޕެރެގްރާފް ލިޔުން ހިމެނެއެވެ. މީގެ އިތުރުން މިއަދަބީ ގުލްޒާރުގައި ރައިވަރު ހުށަހެޅުންވެސް އޮންނާނެކަމަށާއި ނަމަވެސް ރައިވަރު ހުށަހެޅުން އޮންނާނީ ގްރޭޑްތަކުގެ މެދުގައި ކަމަށް ޖޭ.އެސް ގެ އޮފިޝަލް މަޢުލޫމާތު ދެއްވައެވެ.

ވާދޫ ޖަމާލުއްދީން ސްކޫލުގައި ކޮންމެ އަހަރަކުވެސް އަދަބީ ޢީދު ކުލަގަދަގޮތެއްގައި ފާހަގަކުރެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މިބުރާތްތައް ހިންގާތާ 17 ވަނަ އަހަރެވެ.

ކިޔުންތެރިންގެ ޚިޔާލު