ދެވަނަ މެޗްވެސް ވާދޫ ޓީމް ކާމިޔާބުކޮށްފި
އިޒަފް | 11 ފެބްރުއަރީ 2017 | 1 އަހަރު ކުރިން | 0 ޚިޔާލު
އިއްޔެ ކުޅެވުނު މެޗުގެ ތެރެއިން
އިއްޔެ ކުޅެވުނު މެޗުގެ ތެރެއިން

“ފަސްޓް ލޭޑީ ބަށިބޯޅަ ޗެމްޕިއަންޝިޕް 2017” އަށް ތައްޔާރުވަމުން އަންނަ ވާދޫ ބަށި ޓީމު ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުގައި އިއްޔެ ގއ. ގެމަނަފުށީ ބަށި ޓީމާ ބައްދަލުކޮށް ކާމިޔާބުކޮށްފިއެވެ. މިމެޗުގައި ވާދޫ ޓީމު ވަނީ 14 ލަނޑާއި 11 ފޯލި ހަދާފައެވެ. ގެމަނަފުށީ ޓީމަށް ހެދިފައިވަނީ 9 ލަނޑާއި 11 ފޯއްޔެވެ.

ވާދޫ ބަށި ރޫޙު ވަނީ ރަޙުމަތްތެރިކަމުގެ ފުރަތަމަ މެޗު ތިނަދޫ ޓީމާކުޅެ ކާމިޔާބުކޮށްފައެވެ. ޓީމުގެ އޮފިޝަލަކު ވިދާޅުވީ ރަޙުމަތްތެރިކަމުގެ މެޗުތަކުގެ ބޭނުމަކީ ކުޅުންތެރިންނަށް އިތުރު ތަޖުރިބާ ހޯދައިދީ ކުޅުންތެރިން ރަގަޅު ކުރަންވީ ކަންތައްތައް ދެނެގަތުން ކަމުގައެވެ. ” މި ދެމެޗުގައިވެސް ޓީމު ރަގަޅު ކުރަންވީ ކޮން ކަންތައްތަކެއްތޯ ދެނެގަނެ މުބާރާތުގެ ކުރިން އެކަން ރަގަޅުކުރުން ބޭނުމަކީ. ކުޅުންތެރިންވެސް ބޭނުންވޭ މުބާރާތުގެ ކުރިން އެ ކުޅުންތެރިންނަށް ހެދޭ ގޯސްތައް ބަލައި ރަގަޅު ކުރަން. އެހެންވީމަ މިފަދަ މެޗުތަކުގެ ފައިދާ ވަރަށްބޮޑަށް ލިބޭނެކަމަށް ދެކެނީ”

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިމުބާރާތުގައި ވާދޫ ޓީމު ކުޅޭ ފުރަތަމަ މެޗު އޮންނާނީ މިމަހު 24 ގައި ވާދޫގައެވެ. ގދ. އަތޮޅުން ދެ ޓީމު ބައިވެރިވެފައިވާތީ، ދެވަނަ މެޗު އޮންނާނީ މަޑަވެލީގައެވެ.

ކިޔުންތެރިންގެ ޚިޔާލު