ރަށުން ބޭރުގައިވެސް ވާދޫެ ސަޕޯޓަރުންނަކީ ހަމަ “ފިސާރި” ބައެއް
އިޒަފް | 4 މާޗް 2017 | 1 އަހަރު ކުރިން | 0 ޚިޔާލު
ވާދޫގެ ސަޕޯޓަރުން
ވާދޫގެ ސަޕޯޓަރުން

ކުޅިވަރުގައި މިހާތަނަށް ވާދޫ އިން ހޯދާފައިވާ ހުރިހާ ކާމިޔާބީއެއްގައި އެންމެބޮޑު ޙިއްސާއެއް ވެފައިވަނީ ވާދޫގެ ސަޕޯޓަރުންނެވެ. އެކަން ހުވަދުއަތޮޅުގެ ރައްޔިތުން ޤަބޫލުކުރެއެވެ. ޚާއްޞަގޮތެއްގައި ރަށުން ބޭރުގައި ވާދަކުރާ އެކި މުބާރާތްތަކާއި އެކި މެޗުތަކުގައިވެސް ވާދޫގެ ސަޕޯޓަރުންގެ ހިތްވަރާއި ކުޅަދާނަކަން ވަނީ ދައްކުވައިދީފައެވެ.

ޒަމާންތަކަކަށްފަހު ވާދޫ ކަނބަލުން ވަނީ ބަށީގެ ބޮޑު މުބާރާތެއްގައި ބައިވެރިވެފައެވެ. މިހާރު މުޅި ރާއްޖޭގައި ކުޅެމުންދާ ފަސްޓްލޭޑީ ބަށި ބޯޅަ މުބާރާތް 2017ގައި ގދ. އަތޮޅު މުބާރާތުގެ ފުރަތަމަ މެޗުގައި ވާދޫ ބަށި ރޫޙު ވަނީ ރަށުން ބޭރުގައި މަޑަވެއްޔާއި ވާދަކޮށްފައެވެ. ކުޑަތަފާތަކުން މަޑަވެލި ޓީމު މިމެޗު ކާމިޔާބުކުރި ނަމަވެސް ވާދޫ ޓީމަށް ސަޕޯޓު ދިނުމަށްޓަކައި ވާދޫގެ ގާތްގަނޑަކަށް 200 އަށްވުރެ ގިނަ ސަޕޯޓަރުން ބޮޑުބެރާއެކު އިއްޔެ މަޑަވެއްޔަށްގޮސް ފޯރިއާއެކުވަނީ ރަށު ޓީމަށް ވަރަށްފުރިހަމަ ސަޕޯޓެއްދީފައެވެ.

ވާދޫ ޓީމަށް ސަޕޯޓް ދިނުމަށްޓަކައި ސަޕޯޓަރުން ދަތުރުކުރި ދޯނި މަޑަވެލީ ފަޅަށް ވަންނަނީ

ވާދޫ ޓީމަށް ސަޕޯޓް ދިނުމަށްޓަކައި ސަޕޯޓަރުން ދަތުރުކުރި ދޯނި މަޑަވެލީ ފަޅަށް ވަންނަނީ

ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ފާހަގަކުރި ގޮތުގައި ސަޕޯޓަރުންގެ އަޑުން މެޗު ކުޅެވުނީ ރަށުން ބޭރުގައި ކަމުގެ އިޙްސާސެއްވެސް ނުކުރެވެއެވެ. “ޙަޤީޤަތުގައި މަޑަވެލީގައި މަޑަވެލީގެ ރައްޔިތުންގެ އަޑަށްވުރެ ވާދޫގެ ސަޕޯޓަރުންގެ އަޑު މާގަދަ. ސަޕޯޓަރުންގެ ހުއްޓުމެއްނެތި ދެމުންދިޔަ ސަޕޯޓުން ޓީމަށް ވަރަށްބޮޑު ހިތްވަރެއް ލިބުނު. ވަރަށްއުފާވި އަދި އުންމީދަކީ މިއަދު ރަށުގައި ކުޅެވޭ މެޗުގައި އެއަށްވުރެ ފުރިހަމަ ސަޕޯޓެއްލިބުން”

ރާއްޖޭގެ އެހެނިހެން ރަށްރަށެކޭ އެއްގޮތަށް ވާދޫގައިވެސް ސިޔާސީ ޚިޔާލުތަފާތުވުންތައް ވަރަށްބޮޑަށް ހުރެއެވެ. ނަމަވެސް ކުޅިވަރުގައި ނުވަތަ ރަށުގެ ތަރައްޤީއަށް ކުރެވޭ ކަންތައްތަކުގައި އަބަދުވެސް ރަށުގެ ރައްޔިތުން އިސްކުރަނީ ރަށެވެ. ސިޔާސީ ޚިޔާލުތަފާތުވުންތައް އެއްކައިރިކޮށް އަބަދުވެސް އެންމެން އެކަތިގަނޑަކަށްވެ މިފަދަ ކަންކަމުގައި ނަމޫނާ ދައްކައެވެ. އިއްޔެވެސް ވާދޫގެ ސަޕޯޓަރުންގެ ފަރާތުން ފެނިގެންދިޔައީ އެ ނަމޫނާއެވެ. މަޑަވެލީ ސަޕޯޓަރުންގެ ފަރާތުން ކުޅިވަރު ރޫޙާ ޚިލާފު އަދި ދަށު ދަރަޖައިގެ ޢަމަލުތައް އިއްޔެ ފެނިގެންދިޔައިރުވެސް ވާދޫގެ ސަޕޯޓަރުންގެ ފަރާތުން އެފަދަ އެއްވެސް ކަމެއް ފެނިގެން ގޮސްފައެއްނުވެއެވެ. އަދި މިއަދު ވާދޫގައި ކުޅޭ މެޗުގައިވެސް އެފަދަ ނަމޫނާ ދެއްކުމަށް ވާދޫ ސަޕޯޓަރުންތިބީ ޢަޒުމް ކަނޑައަޅައިގެންނެވެ. ވާދޫގެ ސަޕޯޓަރުންނަށް އައްސަރިބަހާއި ސާބަހެވެ.

ކިޔުންތެރިންގެ ޚިޔާލު