ގްރޫޕް ސްޓޭޖުގެ ފަހު މެޗު، ބޮޑު ތަފާތަކުން ކާމިޔާބުކޮށް ވީއެފްސީ ދެވަނަ ބުރަށް
އިޒަފް | 6 މެއި 2016 | 1 އަހަރު ކުރިން | 5 ޚިޔާލު
ވީއެފްސީ /  ފޮޓޯ: ބީވާ
ވީއެފްސީ / ފޮޓޯ: ބީވާ

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ފ. ބިލެތްދޫއާ ވާދަކޮށް ވީއެފްސީ ބޮޑު ތަފާތަކުން މެޗް ކާމިޔާބުކޮށް ދެވަނަބުރަށް ދަތުރުކޮށްފިއެވެ. ވީއެފްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ގޯލް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ހުޒޭއެވެ. ފުރަތަމަ ގޯލް ޖެހިތާ މާގިނައިރުތަކެއް ނުވަނީ ނާއްޕެގެ ހިތްގައިމު ގޯލެއް ފެނިގެންދިޔައެވެ. މެދުރޮނގާ ކައިރީގައިހުރެ ނާއްޕެ ވަރަށްބާރަށް ފޮނުވާލި ބޯޅަ ބިލެތްދޫ ގޯލަށް ވަތްއިރު ކީޕަރަށް ހުރެވުނީ މާބޮޑު ޙަރަކާތެއްވެސް ނުކުރެވިއެވެ. ފުރަތަމަ ހާފު ނިމުނުއިރު ވީއެފްސީން 2 ގޯލްގެ ލީޑެއްގައި އޮއްވާ ފަހު ހާފު ފެށިތަނާ ބިލެތްދޫ ޓީމުން ގޯލެއް ކާމިޔާބުކުރިއެވެ. ނަމަވެސް މިރޭގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި އަޙުސަންގެ 2 ގޯލާއި އަދި ޕެނަލްޓީއަކުން ނައްޓު ކާމިޔާބުކުރި ގޯލުން ވީއެފްސީވަނީ ލީޑު ފުޅާކޮށް ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފައެވެ.

ބީވާ އާއި ވާހަކަ ދައްކަމުން އެސިސްޓެންޓު ކޯޗު އައިމަން ބުނީ މިރޭގެ މެޗުގައި ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ވަރަށް ރަގަޅަށް ކުޅުނު ކަމަށެވެ. އަދި މިރޭގެ މެޗުގެ ޓާގެޓަކަށްވީ 0-2 ގެ ނަތީޖާއިން މޮޅުވުން ކަމަށާއި ނަމަވެސް އެއަށްވުރެ ރަގަޅު ސްކޯއަކުން މޮޅުވެވުނީތީ ވަރަށްބޮޑަށް ހިތްހަމަޖެހޭކަމަށެވެ.

މިމުބާރާތުގެ ދެވަނަ ބުރުގައި ވީއެފްސީ ބައްދަލުކުރާނީ މުބާރާތުގެ އެންމެ މޮޅު ޓީމުކަމުގައިވާ ތިމަރަފުށީ ޓީމާއެވެ. ” ތިމަރަފުށި ޓީމަކީ މިމުބާރާތުގެ އެންމެފަހުގެ ޗެމްޕިއަންޓީމް. އަދި އެއީ މިމުބާރާތުގެ އެންމެ ތަފާތު ޓީމް. އެހެންވީމަ އެމެޗު ވެގެންދާނީ ވީއެފްސީގެ ފައިނަލް މެޗު” އައިމަން ބުންޏެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހު 8 ވަނަ ދުވަހުގެ ރޭ 22:00  ގައެވެ. މިރޭގެ މެޗު ވީއެފްސީ ކުޅެފައިވަނީ މުހިންމު ކުޅުންތެރިޔާ އަޔާނުލައެވެ. ބީވާއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަޔާ މިވަގުތުހުރީ އޮފީސްޓީމް ވާދަކުރާ މުބާރާތެއް ކުޅުމަށްޓަކައި ހދ. ކުޅުދުއްފުށީގައެވެ. ދެވަނަ ބުރުގައި ތިމަރަފުށީ ޓީމާދެކޮޅަށް ވީއެފްސީ ކުޅޭ މެޗުގައި އަޔާއަށް ކުޅެވޭގޮތް ވުމަކީ ޓީމަށް ލިބިގެންދާނެ ވަރަށްބޮޑު ހިތްވަރެކެވެ. އައިމަން ބުނީ އަޔާ އެމެޗަށް ގެނައުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެކަމަށެވެ.

ކިޔުންތެރިންގެ ޚިޔާލު

  1. އަހުއްޓެ ވަރެކެ ނެތި. ޢެޔާ ތަފާތެވޫ ހަމަ. އަހުއްޓޭ މައި މޭން.

  2. Male thee Vadhoo kudhin avaha team a Spot kernna giyumaku Aisathage e(Fazn)ge edhumeke. Ratu loobi baei meehene gaathu varh boodetheke.

  3. Coco hurinama mi team adhi miyah vuren ves furihama vees. Anyway Goodluck coco bf ge island kudhinnah