ގދ. އަތޮޅުގެ އިތުރު 27 ރަށެއް ވަރުވާއަށް ދެނީ
އިޒަފް | 9 ފެބްރުއަރީ 2017 | 1 އަހަރު ކުރިން | 0 ޚިޔާލު
ފަރެސް ކައިރީގައި އޮންނަ މާރެހާ
ފަރެސް ކައިރީގައި އޮންނަ މާރެހާ

ގދ. އަތޮޅުން އިތުރު 27 ފަޅުރަށެއް ވަރުވާއަށް ދޫކުރުމަށް ހުޅުވާލައިފިއެވެ. ފިޝަރީޒް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިޢުލާނެއްގައި ވާގޮތުން މިމަހު 12 ވަނަ ދުވަހުން ފެށިގެން 20 ފެބްރުވަރީ 2017 ގެ ނިޔަލަށް ބިޑްފޯމް ވިއްކުމަށް ހަމަޖެހިފައިވާއިރު، ޕްރޮސެސިންގ ފީ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހު 27ން ފެށިގެން 2 މާރިޗްގެ ނިޔަލަށެވެ.

މިފަހަރު ވަރުވާއަށް ދިނުމަށް ހަމަޖެހިފައިވާ ރަށްތަކަކީ؛

އާކިރާހުއްޓާ (7.5 ހެކްޓަރު)،

އެކުރުކާރަޓާ (10.98 ހެކްޓަރު)،

އޮއިނިގިއްލާ (12.3 ހެކްޓަރ)،

ވެލަގަލާ (1.9 ހެކްޓަރ)،

މާރެހާ ( ނަޑައްލާ ކައިރި) (1.3 ހެކްޓަރު)،

ފަރެދޫ (0.8 ހެކްޓަރު)،

ފާހުއްޓާ (3.1 ހެކްޓަރު)،

ފާނަހުއްޓާ (0.2 ހެކްޓަރ)،

ފެރޭތަވިލިގިއްލާ (1.4 ހެކްޓަރު)،

ދަޓެކެރަނަހުއްޓާ (0.7 ހެކްޓަރު)،

ދަޓެމުލައިދޫ (0.5 ހެކްޓަރު)،

ދިއްމަނާ (0.6 ހެކްޓަރު)،

ލިފަދޫ (2.2 ހެކްޓަރު)،

ހަކަންޑޫ (5.8 ހެކްޓަރު)،

ހަޑާދޫ (ދެ ހެކްޓަރު)،

ހައްވެއްޔަރަޓާ (0.7 ހެކްޓަރު)،

ހާދުވާ (7.9 ހެކްޓަރު)،

ރާބަޑާފެހިރަޓާ (0.8 ހެކްޓަރު)،

ކާފަރަޓާ (0.2 ހެކްޓަރު)،

ކަންޑައްދޫ (0.5 ހެކްޓަރު)،

ކަޅެރެހާ (8.5 ހެކްޓަރު)،

ކަޑެވާރެހާ (4.3 ހެކްޓަރު)،

ކުދެހާދުވާ (0.2 ހެކްޓަރު)،

ކުދެބީރާހުއްޓާ (0.4 ހެކްޓަރު)،

ކުދެމަތައިދުވާ (0.3 ހެކްޓަރު)،

ކޮޑެގަލާ (4.71 ހެކްޓަރު)،

އަތިހުއްޓާ (14.67 ހެކްޓަރު)

ގދ. އަތޮޅުން 50 ރަށެއް ވަރުވާއަށް ދޫކުރުމަށް މިދިޔަ އަހަރު ސަރުކާރުން ހުޅުވާލިއިރު، އިއްޔެ ދޫކުރުމަށް ނިންމި ރަށްތަކެއް ނުހިމެނެއެވެ.

ކިޔުންތެރިންގެ ޚިޔާލު