ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ވީ.ޖޭ.އެސްގެ 3 ދަރިވަރަކު ހޮވިއްޖެ
އިޒަފް | 5 މާޗް 2017 | 1 އަހަރު ކުރިން | 0 ޚިޔާލު
Quruaan zone 1

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ކުދިން ހޮވުމަށް އިއްޔެ ވާދޫ ޖަމާލުއްދީން ސްކޫލުގައި ބޭއްވި ޤުރުއާން ކިޔެވުމުގެ އިންޓަރ ސްކޫލު ޒޯން މުބާރާތުން ވާދޫ ޖަމާލުއްދީން ސްކޫލުގެ 3 ދަރިވަރަކު ޤަައުމީ މުބާރާތަށް ހޮވިއްޖެއެވެ.

ވާދޫ ޖަމާލުއްދީން ސްކޫލުގެ އިތުރުން ހުވަދޫ ސްކޫލާއި ގދ.އަތޮޅު މަދަރުސާއިން ވާދަކުރި ޒޯން މުބާރާތުގައި ޖުމްލަ 10 ދަރިވަރުން ވާދަކޮށްފައިވެއެވެ. އެއީ ހުވަދޫ ސްކޫލުން 1 ކުއްޖަކު، އަތޮޅު މަދަރުސާއިން 4 ކުދިން އަދި ޖަމާލުއްދީން ސްކޫލުން 5 ކުދިންނެވެ. ޤައުމީ މުބާރާތަށް ހޮވިފައިވާ 3 ދަރިވަރުންނަކީ ޝިފްނާ ޙަމީދު (5 ފޮތުން ބަލައިގެން) ، ޝަމަން ޢަލީ (2 ފޮތުން ނުބަލައި) އަދި ޢައިޝަތު ޝަބާ އަޙުމަދު (4 ފޮތުން ނުބަލައި) އެވެ.

Quruaan zone 2

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ކޮންމެ އަހަރަކުވެސް އެކި ސްކޫލުތަކުންނާއި ޤުރުއާން ކްލާސްތަކުންނާއި އަދި އަމިއްލަގޮތުން ވަރަށްގިނަ ޢަދަދަކަށް ދަރިވަރުންނާއި މީހުން ބައިވެރިވެއެވެ. މިގޮތުން، މިދިޔަ އަހަރުވެސް ވާދޫ ޖަމާލުއްދީން ސްކޫލުން މިމުބާރާތުގައި ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ޚިޔާލު